Ad

ބަޖެޓްގެ ކޮމިޓީ މަރުހަލާގެ މަސައްކަތް މާދަމާ ނިމޭނެ: މުގައްރިރު

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ކޮމިޓީ މަރުހަލާގެ މަސައްކަތް މާދަމާ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ބަޖެޓް ދިރާސާ ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

އިރުވަރު އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވުމަށް ބަޖެޓް ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވީ، ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، ކޮމެޓީގެ މަސައްކަތް މާދަމާ ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މަސައްކަތުގެ ތެރެއިން/: ފޮޓޯ: މަޖިލީސް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. ބަޖެޓްގެ ބަހުސް މަރުހަލާގައި 69 މެމްބަރަކު ބަހުސް ކުރައްވާފައިވާއިރު، 18 މެމްބަރުން ބަހުސްގައި ބައިވެރި ނުވެއެވެ. ބަޖެޓް ބަހުސްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަހަކަދެއްކެވީ އެންމެ މެމްބަރެކެވެ.

މިބަޖެޓަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ވަނީ މިއީ ދެކޮޅު ނުޖެހޭ ބަޖެޓެއްކަމަށްބުނެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި، މުޙައްމަދު ވަހީދު ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ފުރުޞަތު ލިބިވަޑައިގެންނެވި ނަމަވެސް ބަޖެޓަށް ވޯޓު ނުދެއްވާނެކަމަށެވެ.

ބަޖެޓްގައި ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިބަޖެޓަކީ މިއަދުގެ ހާލަތަށްބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓްކަމަށެވެ. އެހެންކަމުން ބަޖެޓް ފާސްކޮށްދެއްވުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *