ބޮޑުތަކުރުފާނުމަގު އަލަށް ތަރައްގީކުރިބައި މިއަދު ހަވީރު ހުޅުވާލަނީ

ބޮޑުތަކުރުފާނުމަގު ފުޅާކޮސް އަލުން ތަރައްގީކުރިބައި މިއަދު ހަވީރު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާއި ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިލަންއިން ފެށިގެން އެމްއެމްއޭ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރު ޢާންމުންނަށް ހުޅުވާލާކަމުގެ އުފާވެރި ޙަބަރު ހިއްސާކުރާ ކަމަށެވެ.

ނަމަވެސް، އެކުންފުނިން ބުނީ ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ކުރިއަށްދާނެކަމަށާއި، އެގޮތުން، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މާލޭ ރިންގ ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުންފެށިގެން ނޯތު ހާބަރާހަމައަށް ތަރައްގީކޮށް ނިމިފައެވެ.

ބާކީ ބޯތުހާބަރުންފެށިން ރަސްފަންނާ އަމައަށް އޮތް ބައިގެ މަސައްކަތް ފެށުމަށް އެމްޓިސީސީ އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *