އައްޑޫ ފެނަކާގައި ހިންގާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިން މައްސަލަތައް ބަލަން ފުލުހަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފެނަ ކޯޕަރޭޝަނުން އައްޑޫސިޓީގައި ހިންގާފައިވާ މަޝްރޫއުއަކާ ގުލޭ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު އެ ކޮމެޓީން ނިންމީ އެމައްސަލަތައް ބަލައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގަން ފާސްކުރުމަށެވެ.

އޮޑިޓް ރިޕޯޓުން ވާގޮތުން އެކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގާފައިވަނީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާގޮތަށެވެ. މީގެ އިތުރުން ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނަކައަށް ނުލިބިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްގެ ގޮތުގައި ފޮނުވުމާއި، ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވާކަންވެސް ވަނީ ފާހަގަކޮސްފައެވެ.

އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާކަމަށާއި، ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ ޖުމްލަ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިފައިވަނީ ކިހާ މިންވަރަކަށްކަންވެސް އެނގެންނެތްކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މާލީއްޔަތު ކޮމިޓީން ފާސްކުރިގޮތަށް ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި 53 މެންބަރުންގެ އިއްތިފާގުން ވަނީ ތަހުގީގުތައް ހިންގަން އެދުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *