އަމީނީމަގު މަރާމާތުގެ މަސައްކަތް މާދަމާ ފަށަން އެމްޓީސީސީ އިން ތައްޔާރުވެއްޖެ

އަމީނީމަގު މަރާމާތުގެ މަސައްކަތް މާދަމާ ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯށްޓްގައި ބުނެފައިވަނީ އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް 2026 އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެހެންކަމުން، 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައްވެސް އެ ސަރަހައްދުން ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްްފައެވެ.

މިދިޔަ ސަރުކާރުން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ ހުޅަނގު ކޮޅުން އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *