ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ އިމާރާތްއެޅުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިން ދޫކޮށްފި އެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދޭގޮތަށް، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމަށް ބިން ހަމަޖެހުމާ ގުޅޭ މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރާއްޖޭގައި ގާއިމްކުރާ ޕޯސްޓްމޯޓަމް ފެސިލިޓީގެ ކުރެހުންތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަވެ. އަދި އެ ފެސިލިޓީ ރާއްޖޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ސްކޭންތައް ވެސް ހަދަން ބޭނުންވާ ވަސީލަތްތަކާވެސް އެކުގައި ކަމަށްވެސް ޙަލީމް ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސޓަރ ޤީލާ އަލީ މީގެ ކުރިން ވަނީ ރާއްޖޭގައި ގާއިމްކުރާ ޕޯސްޓްމޯޓަމް ޚިދުމަތްދޭ މެޑިކަލް ޔުނިޓު މެދުވެރިކޮށް ލާއިންސާނީ އަނިޔާތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.