އަންނަ ރޯދަމަހުގެ ކުރިން، އަލަށް އިމާރާތްކުރާ 20 މިސްކިތް ހުޅުވޭނެ: އިސްލާމިކް މިނިސްޓަރ

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އިތުރު 20 މިސްކިތް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިޅިހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދުގެ ރައްޔިތުންގެ މަޖިޅިހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރީން މިހާރުވެސް 80 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ 20 އަކަށް މިސްކިތް ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

އަދި އެ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަޝްރޫއު ތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުތަކަޒުތަކާއި މިސްކިތާއި ވަގުފް އިމާރާތްތަކުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށާއި، މި މަޝްރޫއުތަކުގެ ތރޭގައި ހިމެނޭ މިސްކިތް ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި މިހާރު ހުރި ވަގުތީ މިސްކިތްތައް އުވާލައި ދާއީމީ މިސްކިތްތައް ވީހާވެސް އަވަހަކަށް ހުޅުވުމުގެ މަސައްކަތްވެސް އެ މިނިސްޓަރީން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *