މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ށ. މިލަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ މަހުގެ 2 ވަނަ ދުވަހު މިލަންދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި ށ. މިލަންދޫ / ޖަވާހިރުވިލާ، އަޙްމަދު ނަވީން (21އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅެއް ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލޔހުން ބުނެއެވެ.