އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ކުރީ ސަރުކާރުން ރާތުއަޅައިގެން ތަރައްގީކޮށްފައިވާ އަމީނީ މަގުހުޅަގުން ބޮޑުބައެއްގެ ތާރުގަނޑު ހަލާކުވެ އާންމު ދަތުރުފަތުރަށް އއެކަމުގެ އުނދަގުލާއި ތަކުލީފު ތަހަންމަލް ކުރަންޖެހުމާ ގުޅިގެން އެ މަގު މަރާމާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހުި އެ މަގު މަރާމާތުގެ މަސައްކަތް މި މަހުގެ 3 ވަނަ ދުވަހު އެ ކުންފުނިން ވަނީ ފަށާފައެވެ.
ކުރީ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.