Ad

މާލޭ ފަޅުތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ

މާލޭގެ ދެކުނު ފަރާތު މުދުގައިމީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނީ ޕޮލިސް ޓޯޔާޑާ ދިމާލު މޫދުންނެވެ. އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، މާލޭގެ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:43 ހާއިރު ލިބިފައިވާކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *