ދިވެހިރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާ ހުންނަވާ ސަފީރުގެ މަޤާމަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އިނގިރޭސި ވިލާތުގެ ސަފީރުގެ މަޤާމުގައި ހުންނެވި އިރުތިޝާމް އާދަމް ފޮރިންމިނިސްޓަރުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ސަފީރުގެ މަޤާމުވަނީ ހުސްވެފައެވެ.
އެމަގާމަށް އައްޔަނުކުރުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޖަމީލާ އަލީ އަކީ ޖަމީލާ އަކީ ޚާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ޖަމީލާ ވަނީ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ.