ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026ގެ އޮފިޝަލް އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ އެނާޖީ ހަމަޖައްސައިފި

ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އޮފިޝަލް އެނާޖީ ޕާޓްނަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެތީސޯ އެނާޖީ ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026″ ގެ އޮފިޝަލް އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ އެނާޖީ ހަމަޖައްސައި ވިޒިޓް މޯލްޑިވްސް އާއި އެސްޓީއޯ އެނާޖީ އާއި ދެމެދު މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އާއިޝަތު ޝިރާނީ ނާސިރު އެވެ. އަދި އެސްޓީއޯ އެނާޖީގެ ފަރާތުން އެ އެއްބަސްވުމުމުގައި ސޮއިކުރެއްވީ އެސްޓީއޯ އެނާޖީގެ މެނޭޖަރ އޮފް ސޭލްސް އެންޑް މާކެޓިންގ އަޙްމަދު ރިފްއަތު އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ޝަރަފުވެރި މި ފަދަ ރަސްމިއްޔާތުތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ބޭއްވުމަށްޓަކައި ރާއްޖޭގެ ބޮޑެތި ކުންފުނި ތަކުގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި، އެގޮތުން މި އެ ވޯޑް ހަފްލާގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް އެނާޖީ ޕާޓްނަރުގެ ހައިސިއްޔަތުން މުހިންމު ރޯލެއް އަދާކުރާނެ ކަމަށެވެ.

އެސްޓީއޯ އެނާޖީން މި ހަފްލާ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ އިތުބާރުހުރި ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެސްޓީއޯ އެނާޖީ ފަދަ ޤާބިލް އަދި ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދޭ ކުންފުންޏެއްގެ ބައިވެރިވުމާއެކު، މި ހަފްލާގެ އެންމެހައި އޮޕަރޭޝަނަލް ކަންކަން އިތުރަށް ހަރުދަނާވެ، ފުރިހަމަކަމާއެކު އިންތިޒާމުކުރުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެކަމަށް ވީއެމްސީއިން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *