ކުރަމަތި ރިސޯޓު މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފުލުހުން ހިންގައިފި

ކުރަމަތި އައިލެންޑް ރިސޯޓު މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ދިވެހި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އއ. އަތޮޅު ޕޮލިހާއި މެރިން ޕޮލިހާއި ކުރަމަތި އައިލެންޑް ރިސޯޓު ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މަހު 12 އިން 14 އަށް ކުރަމަތި އައިލެންޑް ރިސޯޓުގައެވެ.

މި ތަމްރީން ޝެޝަނުގައި ކުރަމަތި އައިލެންޑް ރިސޯޓުގެ 25 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި، މި ސެޝަނުގައި، ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، ކަނޑުމަތީގައި އުޅަނދަށް ދިމާވާ ކުއްލި ހާލަތްތަކާއި މީހަކަށް ދިމާވާ ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތާއި، އަދި ދަތުރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، ކަނޑުމަތީގެ ހާދިސާއަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަތުމުގެ މުހިންމުކަމާއި ދަތުރަަކަށް ތައްޔާރުވާއިރު ކަނޑުދަތުރު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *