ހާލަންޑްގެ މަޝްހޫރު ދިގު ބްލޮންޑް އިސްތަށިގަނޑު ކޮށާލައިފި

ނޯވޭގެ ފްޓްބޯޅަ ލެޖެންޑް އެރްލިންގް ހާލަންޑް އޭނާގެ މަޝްހޫރު ދިގު ބްލޮންޑް އިސްތަށިގަނޑު ކޮށާލައި ބަޒްކަޓް ހެއާ ސްޓައިލް ދައްކާލައިފި އެވެ.

އެރްލިންގް ހާލަންޑް ވަނީ އޭނާގެ ދިގު ތަޅުދަނޑިތައް ދޫކޮށްލާފައި މުޅިން އައު ލޫކެއްގެ ފަރާތުންނެވެ.

26 އަހަރުގެ ހާލަންޑް ސިގްނެޗާ ދިގު ބްލޮންޑް އިސްތަށިގަނޑު ކޮށާލިކަން ހާމަކޮށްފައިވަނީ މި މަހުގެ 23 ވީ ހުކުރު ދުވަހު އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއަކުންނެވެ.

އާ ސީޒަން، އާ ޓްރިމް،” މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ފުޓްބޯޅަ ސުޕަސްޓާ ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާ ސެޝަންގެ ބައެއް ސެލްފީތައް ވެސް ޕޯސްޓްކޮށްފަ އެވެ.

ކުރު އިސްތަށިގަނޑެއް ޑޯން’ޓް ކެއަރ،” އޭނާ އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ޔޫޓިއުބް ވީޑިއޯއެއްގައި އިސްތަށިގަނޑު ކޮށަން ނިންމުމާ ބެހޭ ގޮތުން ހާލަންޑް ބުނީ، ވޯލްޑް ކަޕަށްފަހު ބޯކޮށަން ނިނަމައިގެން ހުރި ނަމަވެސް ބިޒީކަމުން އެކަން ކުރުން ލަސްވީ ކަމަށެވެ. ނަމަވެސް އައު ސީޒަނަށް އައު ފެށުމަކަށް އެންމެފަހުން ބޯ ކޮށާލީ ކަމަށެވެ.

"އަހަރެން ވިސްނަމުން ދިޔައީ ސީދާ ވޯލްޑް ކަޕަށް ފަހު މިކަން ކުރަން، އެކަމަކު ބިޒީ ކަމުން އެކަން ނުވީ. [ސީޒަން] މިހާރު ފެށެނީ، އެހެންވީމަ މިއީ އާ ފެށުމެއް ހޯދަންވީ ވަގުތު."

ހާލަންޑްގެ ބުނީ އޭނާ ދިގު އިސްތަށިގަނޑާ ބެހޭގޮތުން މަޝްހޫރ ފްޓްބޯޅަ ކުޅުންތެރިޔާ ޒްލަޓަން އިބްރަހިމޮވިޗް، އޭނާގެ ސްޓްރެންގތަކީ އޭނާގެ އިސްތަށިގަނޑުކަމަށް ބުނެފައިވާ ކަމަށާއި، އަދި ދިގު އިސްތަށިގަނޑު ނުކޮށަންވެސް އިބްރަހިމޮވިޗް އޭނާ ގާތު ބުނެފައިވާތީ އެކަމާ ވަރަށް ބޮޑަށް ހާސްވިކަމަށްވެސް ހާލަންޑް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *