މާލެސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފި

ނިމިދިޔަ ދައުރުގެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަރީޝްް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފި އެވެ.

އަރީޝް އަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓް ގައި މާލޭ ސިޓީގެ މާލެ ސިޓީގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވައި އެއިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ޕީޕީއެމްއާއި ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ.

އަދި 2025 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން އަރީސް ވަނީ މާލެސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށްވެސް އަދާކުރައްވާފައެވެ.  އަރީސް އެ މަޤާމަށް އައްޔަނުކުރީ މާލޭސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނަރީސް ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.

މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގ އުތުރުު ދާއިރާއިން މާލޭ ސިޓީގެ ކައުންސިލްގެ މެންބަރު ކަމަށް ވާދަކުރައްވިއެވެ. ނަމަވެސް އެ އިންތިހަބުގައި އޭނާއަށް ވީ ނާކާމިޔާބީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *