ރާއްޖެއައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިގެން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ 36 އަހަރުގެ ކޮބޯލް ބްރިޮޓެއިން ޓައިލަރގެ ލަގެޖް ބަލައިފާސްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިން އެއް ފެނިފައިވާތީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮސް ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 25 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮސްފައި ވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.