ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕީއައިއެމްއެސް ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި ގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދުގެ ހެނދުނު 6:45 ހާއިރު ހިނހި މި ހާދިސާ ހިނގިއިރު އެ ވޯޑުގައި 16 ކުދިން ތިބި ކަމަށާއި އެކުދިންގެ ތެރެއިން ސަލާމަތްކުރެވިފައިވަނީ އެންމެ ކުއްޖެއް ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި ހުރި އޭސީގެ ކޮމްޕްރެސަރެއް ގޮވައި ގެންކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އިސްލާމްއާބާދުގެ ޗީފް ކޮމިޝަނަރު ސުހައިލް އަޝްރަފް ވިދާޅުވީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި އޮފިޝަލުން މަރުވިކުދިންގެ އާއިލާތަކާ ގުޅިގެން ކުދިން އައިޑެންޓިފައިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *