މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގއ މާމެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގއ. މާމެންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ޕޮލިހާއި އަޕަރ ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު ގުޅިގެން މި މަގުގެ 25 ވަނަ ދުވަހު ގއ މ،ާމެންދޫގައި ހިންގި އޮޕަރޭޝަންގައި އެރަށު އަލްފާ / ގއ. މާމެންދޫ، ޢާޞިފް އާދަމް (45އ) ހައްޔަރުކޮށްްފައިވާ ކަމަށެވެ.

އަދި އޭނާ ދިރިއުޅޭ ގެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 37 ގުރާމް ހުރިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *