ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް ޝަމްޢޫން ހަމީދު އައްޔަނުކުރަން ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާގައި ފާސްކޮސްފި އެވެ.
ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޠާ ފޮނުވާފައިވާ 2 ބޭފުޅުންގެ ތެރެއިން ޝަމްއޫން ހަމީދު އަށް ރުހުންދޭން ފެންނަކަމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވެި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.
އެ 2 ބޭފުޅުންނަކީ މިހާރުވެސް އެ ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި ސަމާއު އާއި ޝަމްއޫން ހަމީދުގެ ނަމެވެ. މި ދެބޭފުޅުންގެ ނަންތަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރުމަށްފަހު އެންމެ މަތިން މާކްސް ދީފައިވަނީ ޝަމްއޫން ހަމީދު އަށެވެ.