އަމީނީ މަގުމަރާމާތުގެ މަސައްކަތް ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެނޭޖިންގ ޑިރެކްޓަރ ސައުދީ ބައްލަވާލައްވައިފި އެވެ.
އަމީނީމަގު މަރާމަތުގެ މަސައްކަތުގައި މިހާރު މަސައްކަތް ކުރަމުންއަންނަ ސެގްމަންޓް-1 ގައި އެބީސީލޭޔަރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންއަންނައިރު އެ ކުންފުނީން ބުނީ މި ހަފްތާގެ ނިއަލަށް އެ ސެގްމަންޓްގެ ދެފަރާތުގެ ޕޭމަންޓު ހަދައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އަމީނީ މަގުގެ ހުޅަގުން ބޮޑު ސަރަހައްދެއް އާންމު ދަތުރުފަތުރަށް އުނދަގޫވާވަރަށް ހަލާކުވެފައިވާތީ އެ މަގުގެ މަރާމާތުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރުމާ ގުޅިގެން އެ މަގުގެ މަރާމާތުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
އެގޮތުން ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީން ފެށިގެން ހުޅަނގަށް އެމަގު ނިމެންދެން އޮތް ސަރަހައްދުގެ މަސައްކަތެވެ.
އެކުންފުނިން ބުނީ ސެގްމަންޓް-2 ގެ ގޮތުގައި ދެން މަސައްކަތް ފަށާނީ ހައުސިންގ މިނިސްޓްރީން ފެށިގެން އިރަށް ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ކަމަށާއި އެ ސެގްމަންޓްގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




