ހއ. މާރަންދ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްްފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޓީސީސީ ޢާއި ހަވާލުކުރި މި މަޝްރޫއުގެ ދަށުން 82،300 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 939 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 190 މީޓަރުގެ ގްރޮއިން ޖެހުމާއި، 312 މީޓަރުގެ ލޯ ކްރެސްޓް ބޭރުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އަދި މި ޟަޝްރޫއުގެ އަހަކީ 94.99 މިލިއަން ރުފިޔާ ކަމަށާއި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަމަށްވެސް އެމްޓީސީސީ އިން ބުނެފައި ވެއެވެ.




