2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގެރެސް (ޕީއެންސީ) އިން ވާދަކުރައްވާނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން ގިނަވެއްޖެ ކޮންމެ ޕާޓީއެއްގައި އޮންނާނެ ކޯޅުން ކަމަށެވެ.
ނަމަވެސް ޕީއެންސީ އިން މިހާރުވެސް ވަނީ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައި ކަމަށާއި އެގޮތުން 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާނީ ރައީސް ޑރ މުއިއްޒު ކަމަށެވެ.
އަދި އިތުރަށް މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީ މެންބަރުން ތިބީ ރައީސް ޑރ މުއިއްޒުގެ ފަހަތުގައި ކަމަަށާއި އެހެންކަމުން އެ ޕާޓީގެ އެތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް މައްސަލައެއް ނެތް ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކަށް ނިސްބަތްކުރައްވައި މެންބަރު މުޙަންމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީ އިން އަން ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޝާހިދު ޢާއި، ފައްޔާޒު އިސްމާއިލް އާއި، މޭޔަރު އާދާމް އާޒިމް ވެސް ވާދަކުރަން ބޭންުންވާއިރު އެ ޕާޓީގެ ތެރޭގައި އެކަމުގެ ތެރޭގައި މައްސަލަ ޖެހޭނެ ކަމަށެވެ.




