ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހިމް މާހިރު، ފަނޑިޔާރު ކަމުގެ މަޤާމުން ރިޓަޔާކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި މާހިރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވާ ކަމަށެވެ.
އަދި އެ ކޮމީޝަނުން ވަނީ ފަނޑިޔާރު ކަމުގައި 19 އަހަރު މާހިކޮށްްދެއްވި އަގުހުރި މަސައްކަތްތަށް ފާހަގަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މުވައްޒަފުންގެ ނަމުގައި ޝުކުރުވެސް ދަންނަވާފައެވެ.
މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަޤާމުގައެވެ.




