ފެނަކަ އުވާލައި ހިދުމަތްތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (ސްޓެލްކޯ) ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ފެނަކަ އުވާލައި ކަރަންޓްގެ ޚިދުމަތް ދެން ދޭނީ ސްޓެލްކޯއިން އެކަނި ކަމަށެވެ.
މީގެ އިތުރުން ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި އެ ކުންފުނިން ދެމުންއައި ހިދުމަތްތައްވެސް މޯލްޗިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.




