ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ބަލަން ހޯމް މިނިސްޓަރ އަލީ އިހުސާނު ފުލުހުންނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފި އެވެ.
މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހައިސިންގ މިނިސްޓްރީގައި އަލިފާން ރޯކޮށްލީ ރައީސް ޑރ މުއިއްޒު އާއި ކިހާ ގާތް މީހަކު ކަންވެސް ފުލުހުންނަށް އެނގޭކަމަށެވެ.
ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި…
— Minister of Homeland Security, Labour & Technology (@min_mohst) September 6, 2026
ރައީސް ޔާމީންގެ އެ ތުހުމަތާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވީ ސަރުކާރުގެ 3 މިނިސްޓްރީއެއް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ގައުމުތަކުގެ އެފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށެވެ.
އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި، ނަމަވެސް މި މަހުގެ 5 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް ވިދާޅުވެފައިވާތީ އެކަން ބެލުމަށް ފުލުހުންނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގަވާފައިވާ ކަމަސްވެސް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވި އެވެ.




