އެމެޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް ރަންވޭ މަތިން ކަހާލައި ހިނގި ހާދިސާއެއްގައި 5 މީހަކު މަރުވެއްޖެ އެވެ.
އިތުރު ފަސް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ޕޯޓެރިކޯގެ ސެން ޖުއާގެ ލުއީސް މުނޯޒް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެމެރިކާގެ މިޔާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބޮއިން 767-300 މަރުކާގެ ކާގޯ ބޯޓް، ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހަލާފައިވަނީ މިއަދުގެ ހެނދުނު އެވެ.
މި ހާދިސަގައި 5 މީހަކު މަރުވެ އިތުރު 5 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު އެއާޕޮޓުގައި އެއާޕޯޓުގައި އެވަގުތުހުރި ގިނަ އަދަދެއްގެ ވެހިކަލް ތަކެއްގައި ބޯޓުގައި ރޯވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން މިޔާމީ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.




