ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސިސީ)ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި އެ ކުންފުނިން ދެމުންއައި ހިދުމަތްތައް މޯލްޗިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހާވާލުކުރަން ނިންމައި އެކަން ތަންފީޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ މުއިއްޒް ވަނީ ފެނަކަ އުވާލައި ކަރަންޓްގެ ޚިދުމަތް ދެން ދޭނީ ސްޓެލްކޯއިން އެކަނި ކަމަށްވެސް ވިދާޅުވެފަ އެވެ.




