Ad

ސްޓެޕް އައްޔަ ފިލްމް ކުޅުން ހުއްޓާލައިފި

ރާއްޖޭގެ ފިލްމީ ދާއިރާގައި 23 އަހަރު ހޭދަކޮށްފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ފިލްމް ކުޅުން ހުއްޓާލައިފިއެވެ.

ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން އައްޔަ ބުނެފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހޭދަވި ދުވަސްތަކަކީ ވަރަށް ހިއްދަތި ތަޖުރިބާއެއްކަމަށާއި އެކަމުން ލިބުނު ހަޤީޤީ އުފަލެއް ނެތްކަމަށެވެ. އައްޔަ ބުނީ ފިލްމީ މަސައްކަތާއި ނެށުމާއި ލަވަކިޔުން ﷲ އަށްޓަކައި ހުއްޓާލަން ނިންމައިފިން ކަމަށެވެ.

"މިކަމުގައި ހޭދަވި 23 އަހަރަކީ އަޅުގަނޑަށް ލިބުނު ވަރަށް ހިތްދަތި ތަޖުރިބާއެއް. މިކަމުން ލިބުނު ހަޤީޤީ އުފަލެއް ނެތް. ހަޤީޤީ ހިތްހަމަޖެހުމެއް ނެތް. އަޅުގަނޑު މިހާރު ބޭނުންވަނީ ﷲ ރުއްސަވާ އަޅެއްގެ ގޮތުގައި ހަޔާތުގެ ބާކީ ބައި ހޭދަކުރަން. ހުރިހާ ބޭފުޅުންވެސް އަޅުގަނޑުގެ މި ޑިސިސަންއަށް އިޚްތިރާމް ކުރެއްވުން ވަރަށް ބޮޑަށް އެދެން." އައްޔަގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އައްޔަ އަކީ ފިލްމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޯޑިނޭޓަރުކަން ވެސް ކުރައްވާފައެވެ. އައްޔައަކީ އާންމުންގެ މަޤްބޫލްކަން ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *