ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ނ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭގެ ދަންނަވރު 2:00 އިން ފެށިގެން ހެނދުނު 8:00 އަށް ނ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/Quj0chOm1y
— Maldives Meteorology (@MetMaldives) September 10, 2026
އަދި އެވަގިތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.




