ބްރިޖު ދަށުން އޮޔާދިޔާ ދިޔަ 2 ބޯޓު ރާއްޖޭގެ 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެންއެމްޑީއެފް) އިން ބުނެފި އެވެ.އެވެ.
ސިފައިން ބުނީ މާލޭ ކަސްޓަމްސް ސަރަހައްދުގައި އޮތް 2 ބޯޓު، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ އައި ކޮޅިގަނޑުގައި ބުރިޖުގެދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި، އަދި މި 2 ބޮޓު މާލެ އަތޮޅާ 30 ނީޓިކަލް ބޭރަށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށްވެސް ސިފައިން ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން ތެޔޮއުފުލާ މި 2 ބޯޓަކީ ވަރަށް ބޮޑަށް ބައުވެފައިވާ 2 ބޯޓު ކަމަށްވެސް ސިފައިން ބުނެފައި ވެއެވެ.




