މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް 2 ބޯޓު އުރުނުު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަޤީން ކުރެވިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސޓުގައި ޗައިނާގެ ސަފީރު ވިދޅުވީ އޮޔާދިޔަ 2 ބޯޓެއް ބުރިޖުގައި ޖެހި ހިނގި ހާދިސާއާއި ގުޅިގެން ޗައިނާގެ ކަމާގުޅޭ މާހިރުންގެ ޓީމަކުން ވަނީ ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އަދި ރޭ އެ މަސައްކަތް ފަށާ ނިންމާލިއިރު ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަޤީން ކުރެވިފައިވާ ކަމަށްވެސް ޗައިނާގެ ސަފީރު ވިދާޅުވެފައި ވެއެވެ.
On the night of September 10, two vessels accidentally collided with the China‑Maldives Friendship Bridge.
Our Chinese expert team helped to carry out a thorough inspection overnight. Fortunately, only minor scraping damage was observed, and no damage was found to the bridge’s… pic.twitter.com/fzb0xtT8XA
— Ambassador Kong Xianhua (@China_Amb_Mdv) September 11, 2026
އަދި މީގެ އިތުރުން ސަފީރު ވިދާޅުވީ ރެނދުލުން ފަދަ ކުދިކުދި ގެއްލުން ވެފައިވާ ކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް 2 ގައުމުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ސަފީރު ވަނީ އެދިވަޑައިގެންފަ އެވެ.




