ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ އެޖެންޑާގައި އޮތީ ހަމައެކަނި ޤައުމަށް ހެޔޮ ގޮތް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލިސް ހުޅުވައިދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެސް އަދި ޕީއެންސީގެވެސް އިތުރު އެޖެންޑާއެއް ނެތް ކަމަށާއި އޮތީ ހަމައެކަނި ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގެ ޤައުމީ އެޖެންޑާއެއް ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސިޔާސީ ވިސްނުމުގައި ގޯސްކޮށް ކަންތައްތަކެއް ބައެއް ލީޑަރުންނާއި ޕާޓީތަކަށް ކުރިން ކުރެވިފައިވާ ކަމަށާއި އެގޮތް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު އިޖްތިމާޢީ ފޭރާން އޮތީ ހަލާކުވެފައި ކަމަށާއި ދިވެއްސަކަށްވީތީ ކުރީން ފަޚުރުވެރިވީ ކަންކަން އޮތީ ގެއްލިގެން ގޮސްފައި ކަމަށެވެ.




