Ad

ގުޅީފަޅު ކައިރީ އޮތް ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ!

ކ. ގުޅީފަޅުކަރީ އަޅާފައިއޮތް "ވިކްޓޯރިއާ 301″ ބޯޓުގެ އިންޖީނު ރޫމުގައި ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު 8 ޖަހާކަންހާއިރު މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާރޑުގެ ޑައިވަރުންނާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މިހާދިސާ ހިނގިއިރު ބޯޓުގައި ދިވެހި 8 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރައްވައެވެ.

1100 ޓަނުގެ ކާގޯ އުފުލޭ މި ބޯޓަކީ ވިވްކޯ އެނާޖީ ސިލިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *