ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަސްރޫއުގެ ފޭސް 3 ގައި ސްޓޯމް ވޯޓާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެކުންފުނިން ކުރިއަށްގެންދާ މަސްރޫއުގެ ތެރެއިން ފޭސް-3 ގައި ހިމެނޭ މާލޭ ހުޅަނގު އުތުރު ވެސްޓްޕާކް ސަރަހައްދުގައި ގާއިމްކުރާ ފެންހިންދާ ނިޒާމް (ސްޓޯމް ވޯޓާ) ގާއިމް ކުރުމަށްޓަކައި ހަދަންޖެހޭ ވަޅު ތައް ހެދުމުގެ މަސައްކަތް އެކުންފުނިން މިއަދު ފަށާފައިވާ ކަމަށެވެ.
We have commenced work on the stormwater well at the West Park area under Phase 3 of the Boduthakurufaanu Road Development Project.
The development of improved road infrastructure will help provide smoother and more convenient travel for the residents of Malé City, while… pic.twitter.com/U1xI8QWqI4
— MTCC Plc (@MTCCPlc) September 22, 2026
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމަށް އެކުންފުނިން ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން މިހާރުވަނީ ވިލިމާލެ ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދުގެ ފަޅުން ބައެއް ހިއްކައިން މަގު ފުޅާކޮށް ތަރާރު އަޅައި މަސައްކަތް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.




