Ad

އިނގެރޭސި ޕްރިމިރާ ލީގު: ވީއޭއާރު މިފަހަރުވެސް ލިވަޕޫލާ ދެކޮޅަށް! މެޗް އެއްވަރު!

އިނގިރޭސި ލީގުގައި ރޭ ލިވަޕޫލާ ބްރައިޓަން ބައްދަލުކުރި މެޗްގެ 1-1 އެއްވަރުވެގެން ނިމިއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ވީއޭއާރު މެދުވެރިކޮށް ބްރައިޓަން އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިނީ ގްރޮސް އެވެ.

އޭގެ ކުރިން ލިވަޕޫލުގެ މާނޭއާއި ސަލާހު ޖެހި 2 ގޯލްވެސް ވަނީ ވީއޭއާރު މެދުވެރިކޮށް ކެންސަލްކޮށްފައެވެ.

 

މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަންއަށް ލީޑްނަގަން ފުރުސަތު ލިބުނު ނަމަވެސް ބްރައިޓަންގެ ނީލް މައުޕޭ ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގެ ލިވަޕޫލްގެ ގޯލް ކާމިޔާބުކޮށްދިނީ 60 ވަނަ މިނެޓުގައި ސަލާހުގެ އެހީތެރިކަމާއެކު ޑިއޯގޯ ޖޯޓާ އެވެ. މިއީ އެންމެ ފަހުން އޭނާ ލިވަޕޫލްއަށް ކުޅުނު 8 މެޗުގައި ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މިނަތީޖާއާއެކު 1 ޕޮއިންޓްގެ ތަފާތުން ލިވަޕޫލް އޮތީ ތާވަލްގެ 1 ވަނައިގައެވެ.

އިނގެރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗްގައިވެސް ވީއޭއާރުގެ ނިންމުންތައް ލިވަޕޫލާ ދެކޮޅަށް ނިންމާފައިވެއެވެ. މީގެތެރެއިން ގިނަ ނިންމުންތަކުގައި ސުވާލު އުފެދޭ އަދި ބަހުސްކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ލިވަޕޫލްގެ ކޯޗް ކްލޮޕް ވަނީ ފާހަގަކޮށްފައެވެ. އަދި ރޭގެ މެޗަށްފަހު ކެޕްޓަން ހެންޑަސަންއާއި ޖޭމްސް މިލްނާވެސް ވަނީ ވީއޭއާރުގެ ނިންމުންތަކާމެދު ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *