Ad

ބޮޑު ތަފާތަކުން އަލީ އަޝްފާޤު ބްރެކްޓް ޗެލެންޖު ކާމިޔާބު ކޮށްފި

އަޝްފާޤަށް 89.14 އިންސައްތަ ވޯޓު ލިބިފައިވޭ

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ ޗަން ސިއު ކީ ތަފާތު ބޮޑުކޮށް ބަލިކުރުމަށްފަހު ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާޤް މި ޗެލެންޖް ކާމިޔާބު ކޮށްފިއެވެ.

އަޝްފާޤަށް 89.14 އިންސައްތަ ވޯޓު ލިބިފައިވާއިރު، އޭނާއާއި ވާދަކުރި ޗަން ސިއު ކީ އަށް ލިބިފައިވަނީ  އެންމެ 10.86 އިންސައްތަ ވޯޓެެވެ.

ޗެލެންޖް ކާމިޔާބުކުރުމަށްފަހު އަޝަފާޤު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަންކަމަށެވެ.
"الحمدلله! ޝުކުރިއްޔާ ޤައުމު! ޝުކުރިއްޔާ ދިވެހިން! 🇲🇻🏆🥇
އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް އަޅުގަނޑަށް ވޯޓު ލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން! މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް!
އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން!." އަޝްފާޤު ބުންޏެވެ.
އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *