Advertisement
BML Home 2nd Ad

ނަބިއްޔާ صلى الله عليه وسلمއަށް ތަބަޢަވުމާމެދު އަހަރެމެން އިމްތިޙާނުކުރެވެމުންދަނީ

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ވަނީ ވާޖިބުކުރައްވާފައެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެކަލޭގެފާނަށް ޢިއްޒަތްކުރުމާއި އެކަލޭގެފާނަށް ނަޞްރު ދެވެން އޮތް ކޮންމެ ގޮތަކުން ނަޞްރުދިނުމާއި، ކޮންމެ ހިނދެއްގައިވެސް އަހަރެމެންގެ އަމިއްލަނަފްސުތަކުގެ މައްޗަށް އެކަލޭގެފާނުގެ ނިންމެވުން އިސްކުރުމާއި އެކަލޭގެފާނުގެ ރިސާލަތަށް ކުރެވޭ ކޮންމެ އިހާނާތްތެރިކަމަކުން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމެވެ. ޝައްކެއްނެތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެއިލާހުގެ ރަސޫލުންނާއި އެއިލާހަށް ކިޔަމަންގަތް އަޅުންގެ ނަޞްރުވެރި ފަރާތެވެ. އެކަމުގެ ބައިވަރު ސަބަބުތައް އެއިލާހު ލެއްވެވިއެވެ. އިލާހީ މުޢުޖިޒާތްތަކާއި، އިތުރު އެކަލޭގެފާނުގެ މިތުރު ޞަޙާބީންނެވެ. ތާބިޢީންނެވެ. ތަބަޢައް ތާބިޢީންނެވެ. ސަލަފުއްޞާލިޙުންނެވެ. މިއުންމަތުގެ ޢިލްމުވެރިންނާއި އެކަލޭގެފާނުގެ ސުންނަތުގެ މަތީގައި ސާބިތުވެތިއްބެވި އެންމެހާ މީސްތަކުންނެވެ.

  ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިސާލަތައިގެން ފޮނުއްވި އެއް މަޤްޞަދަކީ މީސްތަކުން އިމްތިޙާންކުރެއްވުމެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙައްޤުގޮތުގައި ނަޞްރުދެނީ ކޮންބައެއްތޯ ބެއްލެވުމެވެ. އަދި ޚާއްޞަކޮށް ޣައިބުގައި، އެބަހީ އެކަލޭގެފާނު ދުނިޔެ ދޫކުރައްވާ ވަޑައިގަތް ފަހުން، އެކަލޭގެފާނު އެބައިމީހުންގެ ތެރޭގައި ނެތި، އެކަލޭގެފާނަށް ތަބަޢަވަނީ ކޮންބައެއްތޯ، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތު ތެދުކޮށް، ކުރެއްވި އަމުރުތަކަށް ކިޔަމަންވެ، ކުރެއްވި ނަހީތަކުން ދުރުވަނީ ކޮންބައެއްތޯ ބެއްލެވުމަށެވެ. އެހެނީ ޙަޤީޤަތުގައި އުނދަގޫ އީމާންކަމަކީ ޣައިބުގެ އީމާންކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ތެރޭގައި ވެފައި، އެކަލޭގެފާނު ދެކެވަޑައިގަތުމާއި، ބައްދަލުވުމާއި، މުޢުޖިޒާތްތައް ލޮލުގެ ކުރިމަތީގައި ހިނގުމާއި، ކީރިތި ޤުރުއާން ބާވައިލެއްވެމުން ދިޔުމާއި މިފަދަ ކަންތައްތައް ފެނިދެނިވި ހުރެ އީމާންވާ މީހާއަށްވުރެ އެކަންތައްތައް ހިނގުމުގެ މާފަހުން އީމާންވާމީހާއަށް ވަރުގަދަ އީމާންކަމެއް ޙާޞިލްކުރަން އުނދަގޫވެދާނެއެވެ. އީމާންކަމަކީވެސް އޭގެ ދަރަޖަތައް ތަފާތުވާކަމެކެވެ. ޖިބްރީލް ޢަލައިހިއްސަލާމުގެ އީމާންކަމާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އީމާންކަމާ އެއްވަރު ނުވެއެވެ. ހަމައެފަދައިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އީމާންކަމާއި އަބޫބަކްރު ރަޟިޔަﷲ ޢަންހުގެ އީމާންކަމާ އެއްވަރު ނުވެއެވެ. އަބޫބަކްރު ރަޟިޔަﷲ ޢަންހުގެ އީމާންކަމާ އެހެނިގެން ޞަޙާބީންގެ އީމާންކަމާވެސް އެއްވަރުނުވެއެވެ. އީމާންކަމުގެ މިންވަރު ތަފާތުވާއިރު ހަނދާންކުރަންޖެހޭ ކަމަކީ އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެއްކަމެވެ. އިތުރުވަނީ ކިޔަމަންވުމުގެ ސަބަބުންނެވެ. އުނިވަނީ އުރެދުމުގެ ސަބަބުންނެވެ.

 މިއަދު އަހަރެމެން އިމްތިޙާންކުރެވެމުން މިދަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަހަރެމެން ތަބަޢަވުމާ މެދުއެވެ. އެކަމަކީ އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމަކަށްވާއިރު، އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަހަރެމެންނަށް ތަބަޢަވެވެނީ ކިހާވަރަކަށްތޯ އަހަރެމެންގެ ނަފްސުތަކާ ސުވާލުކޮށްލަން އެބަޖެހެއެވެ.

ޙަވާލާ:

1- وجوب محبة النبي  ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني

2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري

3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add