އަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މުވައްޒަފުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ނަންބަރު: 16/2026) އަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
އަލަށް އަމަލުކުރަންފަށާފައިވާ މި ގާނޫނަށް ސިފައިން އަހުލުވެރިކުރުމަށް މި މަހު 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ މުވައްޒަފުން މި ގާނޫނަށް ސިފައިން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ފުލުހުންގެ ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށްގެންދިޔަ މި ސެޝަންގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި އެއްގަމު އުޅަނދު ދުއްވާއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން އެމްއެންޑީއެފް ގެ 78 މުވައްޒަފުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.




