ދައުރުވާ 5 ރުފިޔާގެ ނޫޓު މަދުވެފައިވާތީ 5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ދައުރުވާ 5 ރުފިޔާގެ ނޫޓު މަދުވެފައިވާތީ 5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށާއި، އަލަށް ގެނުވުނު 5 ރުފިޔާގެ ނޫނޓް މާދަމާއިން ފެށިގެން ދައުރުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެމްއޭ އިން ބުނީ އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލުން ގެނައި 5 ރުފިޔާގެ ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.




