ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި މުހައްމަދު އަފީފް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަނުކޮށްފި އެވެ.
އަފީފު ފެނަކައިގެ މެނޭޖިންގ ޑިރެކޓަރުގެ މަޤާމުން ވަކިކުރީ އެ ކުންފުނި އުވާލައިު އެ ކުންފުނީގެ ދަށުން ކުރަމުންއައި ހުރިހާ މަސައްކަތެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ހަވާލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެ މަސައްކަތް ކޯސް ނިންމާލުމާ ގުޅިގެން އިއްޔެ އެވެ.
އަފީފް ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަނުކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ނަޖާހު އެ މަޣާމުން އިސްތިއުފާދެއްވުމާ ގުޅިގެން މި އަހަރުގެ އޭޕްރީލް 27 ގަ އެވެ.




