Ad

މާދަމާއިން ފެށިގެން މަސްގަންނާނީ ވަގުތުން ފައިސާ ދީފަ: ހޮރައިޒަން ފިޝަރީޒް

ފަހުން ފައިސާދޭ ގޮތަށް މަސްގަތުން ހޮރައިޒަން ފިޝަރީޒުން ހުއްޓާލައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ 1 ޑިސެމްބަރު 2020 ފެށިގެން އެކުންފުނީގެ ސައިޓަށާއި، ބޯޓުފަހަރުން ފަހުން ފައިސާދޭގޮތަށް މަސްގަތުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

މީގެކުރިން އެކުންފުނިން މަސްގަންނަމުން ދިޔައީ ވަގުތުން ފައިސާ ދޭގޮތަށްނަމަ މަސްކިލޯއެއް 14 ރުފިޔާއަށެވެ. އަދި 1 މަސް ފަހުން ފައިސާދޭގޮތަށް ނަމަ މަސް ކިލޯއެއް 15 ރުފިޔާ 50 ލާރި އަށެވެ.

26 ސެޕްޓެމްބަރު 2020 ފެށިގެން ހޮރައިޒަން ފިޝަރީޒުން މަސް ގަންނަމުންދަނީ  އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް 14 ރުފިޔާއަށް ކަމަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13 ރުފިޔާއަށެވެ.

އަދި 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނަނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *