ރާއްޖެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުދަގަދަވުމާ ގުޅިގެން ނޮވެންބަރު 7 އިން 14 އަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށް ތަކުގައި ފެންބޮޑުވެދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (އެމްޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރެފައިވާ މޫސުމާބެހޭ ހަބަރުގައި ބުނެފައި ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުދަގަދަވުމާ ގުޅިގެން ނޮވެންބަރު 7 އިން 14 އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ބައެއް ރަށް ތަކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Heavy rain and the possibility of flooding expected across the country from 7th to 11th November 2026. https://t.co/5w2kDkohwU
— Maldives Meteorology (@MetMaldives) November 7, 2026
އެހެންކަމުން އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަކަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަކަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮސްފައެވެ.




