ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބަށް އެމެރިކާގެ "ގްލޯބަލް ރިކޮގްނިޝަން އެވޯޑްސް" އިން ދޭ "2026 ގްލޯބަލްރިކޮގްނިޝަން އެވޯޑް ފޮރ ލީޑަރޝިޕް އިން ޕަބްލިކް އޮފީސް އެންޑް ކޮމާސް" ލިބިވަޑައިގެންފިއެވެ.
މި އެވޯޑާ ގުޅޭ ޚަބަރު ބައިނަލްއަޤްވާމީ މަޝްހޫރު ވިޔަފާރި މަޖައްލާ ބިޒްނަސްއިންސައިޑަރގައި ވަނީ ޝާއިޢުކޮށްފައެވެ.
އަދީބަށް މި އެވޯޑު އަރުވާފައިވަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ހުންނަވައިގެން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ސިޔާސަތުތައް އެކަށައެޅުމުގައާއި، މާލެ–ހުޅުލެބްރިޖު ފަދަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގައި އަދާކުރެއްވި ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޭނާ ދެއްކެވި ލީޑަރޝިޕާއި ސްޓްރެޓީޖިކް ވިސްނުމަށްވެސް މި އެވޯޑުގައި ވަނީ ރިޢާޔަތްކޮށްފައެވެ.
ކުރިން އެމްއެންސީސީއައިގެ ރައީސްކަންވެސް ކުރެއްވި އަދީބު މިހާރު ދިރިއުޅުއްވަނީ ދުބާއީގައެވެ. އަދި މިހާރު އޭނާ ޙަރަކާތްތެރިވަނީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި، އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ހޮސްޕިޓާލިޓީ ތަރައްޤީކުރުމުގެ ދާއިރާގައެވެ.
އަދީބުގެ ލީޑާރޝިޕްގެ ދަށުން 2012 އިން 2015 އަށް ރާއްޖެއަށް ބޮޑެތި މަޝްރޫޢުތަކެއް ގެންނަވައި ބޮޑެތި މަޝްރޫޢުތަކެއް ފެއްޓެވިއެވެ.




