Ad

ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ ނިޔާވެއްޖެ

ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ މީހެއް

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ މިއަދު ވިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އެންމެ ފުރަތަމަ އޭނާ ފަރުވާ ދިނީ އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލު ސީރިއަސްވާން ފެށުމުން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ފޮނުވާލީ އެވެ. އަލިފާނުގެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހުނެވެ. މިހާދިސާފައި އިތުރު 3 މީހަކުވެސް ފިހުނެވެ. ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.

ރާސްތާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގީ ދޯނީގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކުވެގެން ކަމަށް އެމްއެންޑީއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *