Ad

އޮންލައިންކޮށް ކައިވެނި ކޮށްދިނުން ފެމިލީ ކޯޓުން ހުއްޓާލައިފި

ވިޑް-19ގެ ސަބަބުން ފެމިލީ ކޯޓުން ފެށި އޮންލައިންކޮށް ކައިވެނި މަޖިލީސް ބޭއްވުން ހުއްޓާލައި، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން އެ ކޯޓުން ފަށައިފި އެވެ.

ފެމެލީ ކޯޓުން ބުނީ ކޮވިޑް-19 ގެ ޙާލަތުގައި ފެމިލީ ކޯޓުން އޮންލައިންކޮށް ކާވެނީ ކޮށްދިން ނަމަވެސް، 2020 ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން، ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދުކޮށްދިނުމަށް ނިންމާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ ޢަޤްދުކޮށްދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އަދި ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަށްވެސް ފެމެލީ ކޯޓުން ބުނެއެވެ. އަދި ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗް.ޕީ.އޭ އިން ނެރުއްވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އެކޯޓުން ބުނެއެވެ. އަދި ކާވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެކަމަށްވެސް ފެމެލީ ކޯޓުން ބުނެއެވެ.

މީގެއިތުރުން އެ ކޯޓުން ވަނީ އޮންލައިންކޮށް ފޯމް ބަލައިގަތުންވެސް ހުއްޓާލާފައެވެ. އެކޯޓުން ބުނީ ކޮވިޑް-19 ރޯގާގެ މި ހާލަތާ ގުޅިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕް ބޮކްސް މެދުވެރިކޮށް މި ކޯޓަށް ބަލައިގަންނަމުން އައި ނަމަވެސް 2020 ޑިސެންބަރު 06 ވަނަ ދުވަހުން ފެށިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕްބޮކްސް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ކައިވެންޏާ ގުޅިގެން ހުށަހަޅާ ފޯމުތަކުގެ ތެރެއިން “ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު“، “އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު“، “ރާއްޖޭން ބޭރުގައި ކުރާ ކާވެނި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ފޯމު” އަދި “ކާވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު” 06 ޑިސެންބަރު 2020 އިން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން މެންދުރު 13:00 އަށް ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތުގެ ރިސެޕްޝަނުން އެކަނި ކަމަށް އެ ކޯޓުން ބުނެއެވެ. ކައިވެނި ކުރުމަށްއެދި ހުށަހަޅާ ފޯމުތައް ހަމައެކަނި ރިސެޕްޝަނުން ބަލައިގަތް ނަމަވެސް އެހެނިހެން ފޯމުތައް ކޯޓުގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށީ ކޮވިޑް-19ގެ ސަބަބުން މާލެ ފުރަބަންދުކުރުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *