Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މިއަދު 37 މީހުން ޕޮޒިޓިވްވެ، 45 މީހުން ބަލިން ރަގަޅުވި: އެޗް.ޕީ.އޭ

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް 37 މީހުން ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިމީހުންނަކީ މިއަދު ނެގި 1،753 ސާމްޕަލްގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުން ކަމަށެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 2 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހުން ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 13،143 އަށް އިތުރުވެފައެވެ.

މިމީހުންގެ ތެރެއިން 78 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭއިރު، ފަރުވާދޭ މީހުންގެ ޖުމްލަ އަދަދުވަނީ 890 އަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެެއިން މިއަދު 45 މީހުން ބަލިން ރަގަޅުވިއިރު، ބަލިން ރަގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 12،199 އަށް އަރާފައެވެ.

މިބަލީގައި 47 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *