Ad
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނައިފަރުގެ ކަނބަލުން މަހަށްގޮސް 8 ޓަނު މަސްބާނައިގެން ފެލިވަރަށް ވަންނަނީ-: ފޮޓޯ: ޒުވާން މަސްވެރިޔާ 
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނައިފަރުގެ ކަނބަލުން މަހަށްގޮސް 8 ޓަނު މަސްބާނައިގެން ފެލިވަރަށް ވަންނަނީ-: ފޮޓޯ: ޒުވާން މަސްވެރިޔާ 

ނައިފަރު ކަނބަލުން 8 ޓަނު މަސް ބާނައިގެން ފެލިވަރަށް ލަފައިފި

ނައިފަރުގެ ކަނބަލުން ކުރިއަށް ގެންދިޔަ މިޙަރަކާތުގައި މަސްވެރިކަން ކުރުމުގައި ޢަމަލީ ގޮތުންވެސް އެކަނބަލުން ބައިވެރިވެފައިވެއެވެ. އެންދެމުމުން ފެށިގެންގޮސް އެން އުކުމާއި، ކެޔޮޅެއްގެ ގޮތުގައި އައިންމަތީގައި ދޯނި ގެންގުޅުމުގެ އިތުރުން، ކަނބަލުން ދޮށިވެސް އަޅާފައިވެއެވެ. 

މަސްވެރި ރަށެއްކަމުގައިވާ ޅ. ނައިފަރުގެ ކަންބަލުން މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަހަށްގޮސް، 8 ޓަނު މަސް ބާނައިގެން އައިސް ފެލިވަރަށް ލަފައިފިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި މިއަދު ފާހަގަ ކުރެވެމުން މިދާ 40 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރުގެ ކަނބަލުން އިންތިޒާމުކުރި މިޙަރަކާތުގެ ތެރެއިން ރޭގެ ވަގުތެއްގައި ކަނބަލުން މަހަށް ފުރާފައި ވާއިރު، މިއަދުގެ މެންދުރު ނުވަނީސް އެތައް ޓަނު މަސް ބާނައިގެން މަސްކިރުމަށް އެއިން ދޯންޏެއް ވަނީ ފެލިވަރަށް ވަދެފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނައިފަރުގެ ކަނބަލުން މިއަދު މަހަށްގޮސް -: ފޮޓޯ: ކިޔުންތެރިން

މިއަހަރު މަސްވެރިންގެ ދުވަހާ ދިމާކޮށް އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރުގެ ކަނބަލުން ކުރިއަށް ގެންދިޔަ މިޙަރަކާތުގައި މަސްވެރިކަން ކުރުމުގައި ޢަމަލީ ގޮތުންވެސް އެކަނބަލުން ބައިވެރިވެފައިވެއެވެ. އެންދެމުމުން ފެށިގެންގޮސް އެން އުކުމާއި، ކެޔޮޅެއްގެ ގޮތުގައި އައިންމަތީގައި ދޯނި ގެންގުޅުމުގެ އިތުރުން، ކަނބަލުން ދޮށިވެސް އަޅާފައިވެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނައިފަރުގެ ކަނބަލުން މިއަދު މަހަށްގޮސް ދޮށިއަޅަނީ-: ފޮޓޯ: ކިޔުންތެރިން

1981 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުމެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ރަސްމީގޮތުން ޤައުމީ ފެންވަރެގައި "މަސްވެރިންގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރެވެމުން ގޮސްފައިވާއިރު، މިއަހަރުގެ މިދުވަސް ފަހަގަކުރެވެމުން މިދަނީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް އިންތިހާކަމުގެ އިތުރުވެފައިވާ ދަނޑިވަޅެއްގައިއެވެ.

ޚާއްޞަގޮތެއްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ އިޤްތިޞާދާއި ޢާމްދަނީ ލިބޭ ވަސީލަތްތައް "ހުއްޓުމަކަށް" އައިސް ޢާންމުންގެ އަތްމަތި ދަތިވެ ދިރިއުޅުން ހީނަރުވެފައި ވާއިރު، އެކަމުގެ އެންމެ ބޮޑު އަސަރެއްވެސް ކުރަމުންދަނީވެސް މަސްވެރި ޢާއިލާތަކުގެ އެތަކެއް ހާސް ރައްޔިތުންނަށްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *