މާލޭ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދިމާލު ކަންމައްޗަށް ވާގޮތަށް ފަޅުތެރެއަށް ޕިކަޕެއްވެއްޓިއްޖެއެވެ.
މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ހިގާދިޔަ މި ހާދިސާގައި މޫދަށް ވެއްޓުނު ޕިކަޕް އަދިވެސް އޮތީ މޫދުގައިކަމަށް މިނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވާ ސަރަހައްދުގައި މިހިނދުވެސް ޢާންމުގެ ގިނަ ބަޔަކު އެއްވެތިބިއިރު ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުން ގެންދިއަނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ފުލުހުން ހާމަކޮށްފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ.
ޕިކަޕް މޫދަށް ވެއްޓެން ދިމާވީ ސަބަބު ކަށަވަރުކޮށް ނޭނގުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ތަފާތު މަސްދަރުތަކުން މިނޫހަށް ކަށަވަރުކަމާއެކު މައުލޫމާތު ދީފައި ވެއެވެ.