Ad
ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣްނީ-: ފޮޓޯ: މަޖްލިސް
ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣްނީ-: ފޮޓޯ: މަޖްލިސް

މެންބަރު މުޣްނީ 2.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން 2 ވަނަ ފްލެޓެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ ހުޅުމާލޭ އަމީން އެވެނިއު އިން ދެވަނަ ފްލެޓެއް ބައްލަވައިގެންފިއެވެ.

މެމްބަރު މުޣްނީ ރައްޔިތުންގެ މަޖްލީހަށް އެންމެ ފަހުން ހުށައަޅުއްވާފައިވާ މާލީ ބަޔާނުގައި ބިން/ޢިމާރާތް/ފްލެޓް ފަދަ ތަކެތީގެ ބައިގައި، މެންބަރުގެ މިލްކިއްޔާތުގައި 3 މިލިއަށް ރުފިޔާގެ ފްލެޓެއް ވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފްލެޓަކީ މަޖްލީހަށް ހޮވިވަޑައިގެންނެވުމުގެ ކުރިން ރައްކާކޮށްފައިވާ ފައިސާ ދެއްވުމަށްފަހު އަމީން އެވެނިއު އިން 2016 ވަނަ އަހަރުގައި ބައްލަވައިގެންނެވި ފްލެޓެއްކަމަށްވެސް މާލީބަޔާނުގައި ހާމަކުރަށްވާފައި ވެއެވެ.

މެމްބަރު މުޣްނީ ބައްލަވައިގެންނެވި ދެވަނަ ފްލެޓަކީ އަމީން އެވެނިއު ޓީކް ފްލެޓެކެވެ. ސިވިލް ކޯޓު ހުޅުމާލޭ ޑިވިޒަނުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ޙުކުމުގައި މެމްބަރު މުޣްނީ ބައްލަވައިގެންނެވި ދެވަނަ ފްލެޓް ގެ މިލްކުވެރިކަން ކަނޑައަޅައި ބަޔާންކޮށްފައި ވަނީ، "މިފްލެޓް ޢަބްދުލް މުޣުނީ ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ބިމުގެ ނަންބަރު 10874 (އަމީން އެވެނިއު ޓީކް) ގޯތީގެ އެއްމެދު ޢިމާރާތުގެ ފްލެޓް ރަޖިސްޓްރީ ނަންބަރު: އ.އ.ހ-03/233-6 ގެ 1175.64 އަކަފޫޓުގެ ނަންބަރު 03-6 ފްލެޓް މި ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު މި ފްލެޓް މިލްކުވެގެންވަނީ ގދ. ތިނަދޫ އުޖާލާގެ ޢަބްދުލް މުޣުނީއަށް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

މެންބަރު މުޣްނީގެ މާލީބަޔާނަށް ބަލާއިރު، ފާއިތުވެދިޔަ މާލީ އަހަރުގައި، މެންބަރުކަމުގެ މުސާރައިގެ ގޮތުގައި 9 ލައްކަ ރުފިޔާއާއި، ރިންގް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނީގެ ޢާމްދަނީގެ ގޮތުގައި 8.4 ލައްކަ ރުފިޔާއާއި  އަދި މެމްބަރުގެ ނަމުގައި 2016 ވަނަ އަހަރު ރެޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން 7.6 ލައްކަ ރުފިޔާ، އަހަރު ދުވަހުގެ ޢާމްދަނީގެ ގޮތުގައި މެންބަރަށް ލިބިވަޑައިގެންފައި ވާއިރު، 2020 މާރޗް 13 ވަނަ ދުވަހު އެސ.ްއެމް.އީ ބޭންކުން ނަންގަވާފައިވާ 1.5 މިލިއަން ރުފިޔާގެ ލޯނެއް މެންބަރު މުޣްނީގެ ދަރަނީގެ ގޮތުގައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *