Ad

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފައްޓައިފި

ލާމު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފައްޓައިފިއެވެ.

އެ ހޮސްޕިޓަލުގެ ފަރާތުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ސީޓީ ސްކޭންގެ ޚިދުމަތް ލިބިގެންދިޔަ ފުރަތަ ބަލިމީހާގެ ސްކޭން އެ ހޮސްޕިޓަލުގައި މިއަދު ހެދިފައި ވާއިރު، ބަލިމީހުންނަށް މިއަދުން ފެށިގެން ް އެޚިދުމަތް ލިބިގެން ދާނެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދުން ފެށިގެން ޢާންމުކޮށް ސީޓީ ސްކޭންގެ ޚިދުމަތް ލިބިގެންދާއިރު އެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވާފައި ވަނީ، 2020 ޑިސެމްބަރު 03 ވަނަ ދުވަހު ލ. އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަކީ މެދުރާއްޖެތެރޭގެ ގިނަ ރައްޔިތުންތަކެއް ޚިދުމަތް ހޯދަމުންގެންދާ ސަރަޙައްދީ މައި ހަސްފަތާލެވެ. ކޮވިޑް-19 ގެ ސަބަބުން ޞިއްޙީ ފަރުވާއަށް މާލެދިއުމަށް ދަތިވެގެން ދިޔަހިނދު، މ، ފ، ދ އަދި ތ އަތޮޅުގެ ގިނަ ރައްޔިތުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *