Ad
މާފުށީ ހޮޓަލެއްގެ ބޭރުގައި ބަހައްޓާފައި ހުރި ކްރިސްމަސް ޓްރީއެއް ފުލުހުން ގެންދަނީ-: ފޮޓޯ: ޢާދިލް ސަލީމް
މާފުށީ ހޮޓަލެއްގެ ބޭރުގައި ބަހައްޓާފައި ހުރި ކްރިސްމަސް ޓްރީއެއް ފުލުހުން ގެންދަނީ-: ފޮޓޯ: ޢާދިލް ސަލީމް

ކްރިސްމަސް ފާހަގަކުރުމަށް މާފުށީގައި ބެހެއްޓި "މޭރީ ޓްރީ" އެއް ފުލުހުން ގެންގޮސްފި

ގެސްޓްހައުސް ޞިނާޢަތުގައި މަޝްހޫރު ރަށެއްކަމުގައިވާ މާފުށީ ކެފޭއެއްގެ ތެރޭގައި ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، ހާމަކޮށް ފެންނަގޮތަށް ބަހައްޓާފައި ހުރި "މޭރީ ޓްރީއެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޢާންމު ރައްޔިތުންގެ ޝަކުވާތަކާހުރެ ފުލުހުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރަށްވައި މިގަސް ނަންގަވައިގެން ގެންދެވި ނަމަވެސް، މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ބައެއް ފަރާތްތަކުން މިކަމާ ނުރުހުން ފާޅުކޮށް ޓްވިޓަރގައި އަޑުއުފުލަމުން ގެންގޮސްފައި ވެއެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދާއި އަދި ޓޫރިޒަމް މިނިސްޓަރު މަޢުޞޫމުވެސް ޓެގްކުރަށްވައި، ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓަރުގެ މަޤާމުގެ އިތުރުން މިފްކޯގެ އެމްޑީކަންވެސް ކުރަށްވާފައިވާ އާދިލް ސަލީމްވަނީ މިކަމާއި ނުރުހުން ފާޅުކޮށް ޓްވީޓް ކުރަށްވާފައެވެ.

"ސަލަފީ ފުލުހުން މާފުށީގެ ހޯޓާތައް ފާސްކޮށް "ޒީނަތްތެރިކުރަން" ގެންގުޅޭ ތަކެތި ގެންގޮސްފި" 

ކްރިސްމަސް ޓްރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފޮޓޯއާއެކު ޢާދިލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަދިހަމަ، މި ޓްވީޓް ކުރިއަށް ގެންދަވަމުން އާދިލް ވަނީ ރައީސް ޞާލިޙާ ސުވާލެއްވެސް ކުރިމަތިކުރަށްވައި ޤައުމު މިދަނީ ކޮން މިސްރާބަކަށްތޯ ސުވާލުކުރަށްވާފައެވެ.

"މުޅި ރާއްޖޭގެ ހުރިހާ ދިވެހިންގެ ޢާންމު ޙަލަތު ގުޅިފައި ހުރީ ޓޫރިސްޓް ވިޔަފާރިއާ، ފުލުހުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިސްޓް ވިޔަފާރިއަށް ގެއްލުން ވެގެން ނުވާނެ" 

އެސުވާލުގެ ޖަވާބުގައި "އެލެކްސް ނަޝީދު" ވިދާޅުވެފައި ވެއެވެ.

މާފުއްޓަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަށެވެ. ކޮވިޑް-19 އަށް ފަހުގައި ގެސްޓްހައުސްތައް ހުޅުވާލުމަށްފަހުގައިވެސް މާފުއްޓަށް 2200 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

މާފުއްޓަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިންގެ ފުށުން ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު އަދި ދިވެހި މުސްލިމު މުޖުތަމަޢުއާ ބީރައްޓެހި ޢަމަލުތައް ހިންގަމުންދާތީވެ މީގެ ކުރިންވެސް ޤާނޫނީ ފިޔަވަޅުއެޅުމަށް ފުލުހުންނަށް މަޖުބޫރުވެ ހިނގައިދިޔަ ކަންކަމުގައިވެސް ބައެއް ފަރާތްތަކަށް، ރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި މުޖުތަމަޢުގައި ޤާއިމުވެ އަށަގެންފައިވާ މަތިވެރި އަޚްލާޤާއި އިސްލާމީ އުޞޫލުތަކަށްވުރެ ބޮޑަށް، ޑޮލަރު މުހިންމުވެގެން ގޮސްފައި ވީނަމަވެސް، އެ މައްސަލަ އާޚިރުގައި މަޖްލީހުންވެސް ނިމިގެންދިޔައީ ޤާނޫނާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާ ފުލުހުންނާ އެއްކޮޅަށްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *